ރާއްޖެއިން 1.29 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އަދަދެއްގެ އެހީ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ހަމަޖައްސައިފިއެވެ.
އދ.ގެ މައި މަރުކަޒުގައި އިއްޔެ ކުރިއަށްދިޔަ 'އަންރުވާ ޕްލެޖިންގް ކޮންފަރަންސް' ގައި އދ.ގައި ހުންނަވާ ރާއްޖޭގެ މިޝަނަށް ކަނޑައަޅައިފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު ވިދާޅުވީ އެ އެހީ ފަލަސްތީނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އަންރުވާ މެދުވެރިކޮށް ކަމަށެވެ.
ނާސިރު ވިދާޅުވީ ރާއްޖެއިން އަންރުވާއަށް ކޮންމެ އަހަރަކު ދެމުންދާ އެހީ 5،000 އެމެރިކާ ޑޮލަރުން 50،000 އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން "ފަލަސްތީނާއެކު ދިވެހީން"ގެ ނަމުގައި ގައުމީ ފެންވަރުގައި ބޭއްވި ޓެލެތޯނުން ލިބިފައިވާ 18.4 މިލިއަން ރުފިޔާ އަދި 49,800 އެމެރިކާ ޑޮލަރު ވެސް އަންރުވާ މެދުވެރިކޮށް, ފަލަސްތީނަށް ހަދިޔާކުރަން ނިންމައިފައިވާ ކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ކުއްލި ނުރައްކާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އަންރުވާއިން ކުރަމުންދާ މުހިންމު މަސައްކަތާއި އަދާކުރަމުންދާ އިސް ދައުރު ފާހަގަކޮށް، އެ މަސައްކަތްތައް އިތުރަށް ކުރިއަށްގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ނާސިރު ވަނީ ގޮވާލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު