އިންޑޮނޭޝިއާގެ ކުރީގެ މިނިސްޓަރަކު ނުވަލައްކަ ޑޮލަރުގެ ހިޔާނާތެއްގައި 10 އަހަރަށް ޖަލަށް ލައިފިއެވެ.

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ހުންނަ ކޮރަޕްޝަނާ ބެހޭ ކޯޓުން ކުރި އެ ހުކުމުގައި ވަނީ އެ ގައުމުގެ ކުރީގެ އެގްރިކަލްޗާ މިނިސްޓަރު، ސިއާރުލް ޔާސިންގެ މައްޗަށް ދައުލަތުގެ ފައިސާ އަމިއްލަ ކަންކަމުގައި ހޭދަ ކުރުމުގެ ކުށް ސާބިތުވެ ހުކުމް ކޮށްފައެވެ.

ކޯޓުން ކުރި ހުކުމުގައި ވަނީ ޔާސިން އޭނާގެ މިނިސްޓަރުކަމުގައި އާންމު ފަންޑުތަކުން ފައިސާ ނަގައި އަމިއްލަ ކަންކަމަށް ހަރަދު ކޮށްފައި ހުރިކަން ހާމަވާ ކަމަށް ފާހަގަކޮށްފައެވެ. މީގެ އިތުރުން ޔާސިން ކުރި އަމިއްލަ ދަތުރު ތަކުގައި ސަރުކާރުގެ ޕްރައިވެޓް ޖެެޓުތައް ބޭނުން ކުރުމާއި އަގުބޮޑު ގަހަނާ އޭނާގެ އަންހެނުންނަށް ހޯދާފައިވާކަމަށް ވެސް ހުކުމުގައި ވެއެވެ.

ޔާސިން 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު އޭނާ ވަނީ 300 މިިލިއަން އިންޑޮނޭޝިއަން ރުޕިއައިން ޖޫރިމަނާވެސް ކޮށްފައެވެ.