ރަޝިއާގައި އުފެއްދި ފުލައިޓެއް ޓެސްޓު ދަތުރުގައި ވެއްޓިއްޖެއެވެ.

ރަޝިއާގެ އިމަޖެންސީ މިނިސްޓަރީން ބުނެފައިވާ ގޮތުގައި، އެގައުމުން އުފެއްދި ދަ ސުކްހޮއި ސުޕާޖެޓު ތިން ކުރޫއިންނާއެކު ކުރި ޓެސްޓު ދަތުރުގައި ވެއްޓިފައިވަނީ މޮސްކޯގެ ކައިރިއަށެވެ.

އިއްޔެގެ ޓެސްޓު ދަތުރުގައި އެ ފުލައިޓު ވެއްޓިފައިވާ އިރު، އޭގެން ދަތުރުކުރި ތިން ކުރޫއިން މަރުވެފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. ޓެސްޓު ފުލައިޓުގައި އެއްވެސް ފަސިންޖަރެއް ދަތުރު ނުކުރާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ރަޝިއާގެ ދައުލަތުގެ މީޑިއާއިން ބުނީ އެ ފްލައިޓު ވެއްޓިފައިވަނީ ޓެކްނިކަލް މައްސަލައެއް ޖެހިގެން ކަމަށް މިހާތަނަށް ހިންގި ތަހުގީގުން ފާހަގަވެފައިވަ ކަމަށެވެ.

2022 ވަަނަ އަހަރުން ފެށިގެން ރަޝިޔާއާއި ޔޫކްރޭނު ކުރަމުންގެންދާ ހަނގުރާމައިގެ ސަބަބުން ރަޝިއާއަށް ބޭރުން ލިބޭ އެހީތައް ހުއްޓި، އެގައުމަށް ވަނީ އަމިއްލަ އުފެއްދުންތަކަށް ބަރޯސާވާން ޖެހިފައެވެ.

ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ އަމިއްލަ އެއާލައިންތަކުން ވަނީ ފުލައިޓުތައް މަރާމާތު ކުރެވޭ ގޮތް ނުވެފައެވެ. ރަޝިއާއިން އުފެއްދި ދަ ސުކްހޮއި ސުޕާޖެޓަކީ އެގައުމުގެ އަމިއްލަ އުފެއްދުމަކަށް ދިއުމަށް އުފެއްދި ފުލައިޓެކެވެ.