ރާއްޖެއިން ބޭރުން އެތެރެ ކުރާ ކާބޯތަކެތީގެ ތެރެއިން ޕެރިޝަބަލް ކާގޯ ނުވަތަ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އިންޑިއާ އިން ސީދާ އައްޑޫ ސިޓީއަށް ގެންދަން ފަށައި، ފުރަތަމަ ޝިޕްމަންޓް ގެންގޮސްފިއެވެ.
އައްޑޫ ސިޓީއަށް ޕެރިޝަބަލް ކާގޯ ދާއިމީ ގޮތެއްގައި ގެންދެވޭނެ އިންތިޒާމުތައް އެމްޕީއެލްއާއި ހިތަދޫ ރީޖަނަލް ޕޯޓުން ހަމަޖެއްސީ މިދިޔަ މަހުއެވެ. އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ކުރިން ވިދާޅުވެފައިވާ ގޮތުން އެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ، ރާއްޖޭއަށް އެންމެ ގިނައިން ޕެރިޝަބަލް ކާގޯ ގެންނަ އިންޑިއާގެ ފައިނެސް ގުރޫޕް މެދުވެރިކޮށެވެ.
އެމްޕީއެލް އިން މިއަދު ބުނީ، އިންޑިއާގެ ޓުޓިކޮރިން އިން އައި ފުރަތަމަ ޝިޕްމަންޓް ހިތަދޫ ޕޯޓަށް ބަނދަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެ ޝިޕްމަންޓުގައި 150 ޓަނުގެ މުދާ ރާއްޖެ ގެެނެސްފައިވާ ކަމަށާއި މުދާ ބޭލުމުގެ މަސައްކަތްތައް ހިތަދޫ ޕޯޓުން މިހާރު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
ވަޖީހު ވިދާޅުވެފައިވާ ގޮތުން، މީގެ ކުރިން އައްޑުއަށް މުދާ ގެނައީ ލަކުޑި ބޯޓު ފަހަރުގައި ކަމަށްވީ ނަމަވެސް މި ފަހަރު ހިދުމަތް ދޭނީ ދަގަނޑު ބޯޓު ފަހަރުގައެވެ. އެކަމުގެ ސަބަބުން މުޅި އަހަރު ތެރޭ ހުރިހާ ދުވަސްތަކެއްގައިވެސް މެދު ކެނޑުމެއްނެތި، އެ ހިދުމަތް ލިބެމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޕީއެލް ދަތުރުތައް ރާވަމުން ދަނީ ކޮންމެ ދިހަ ދުވަހަކާއި 15 ދުވަހާ ދޭތެރޭ، ކާގޯ ބޯޓެއް އައްޑުއަށް ދާ ގޮތަށެވެ. އެ ދަތުރުތަކުގައި އައްޑޫގެ ރައްޔިތުން އިންޑިއާ އިން ގެންނަން ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކާއި ޖެނެރަލް ކާގޯގެ ބާވަތްތައްވެސް ގެނެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު