ބ. ކަމަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 93 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން އިއްޔެ މީޑިއާތަކަށް ބުނީ އެ މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޕްރޮފައިލިން މަސައްކަތުގެ 81 ޕަސެންޓް އަދި ނެރަށް ވަންނަން އޮންނަ ދިމާ ފުންކުރުމުގެ 55 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

ޖުމުލަ 51.4 މިލިއަން ރުފިޔާގެ މި މަޝްރޫއު ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރީ 20 ޖެނުއަރީ 2022ގައެވެ.

  • 25,500 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ އާ ހާބަރު ބޭސިން ފުންކުރުން
  • 5,433 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ހާބަރު ބޭސިން ފުންކުރުން
  • 5,085 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
  • 658 މީޓަރުގެ ރިވެޓްމެންޓް ޖެހުން
  • 173 މީޓަރުގެ ބޭރުތޮށި ލުން
  • 402 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • 1,810 އަކަ މީޓަރުގެ ބަނދަރު ޕޭވްކުރުން
  • 2 ރޭމްޕެއް ހެދުން
  • 80 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން
  • ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުން