ކ. ދިއްފުށި ކައިރިއަށް ޑައިވިންއަށް ދިޔަ މީހަކަށް މިޔަރެއް ހަމަލާ ދީފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މިޔަރު ހަމަލާ ދީފައިވަނީ ދިއްފުށީ ކައިރީގައި އޮންނަ "ގަމަރު ގިރި" އަށް ޑައިވިންއަށް ދިޔަ އެ ރަށު މީހަކަށެވެ.

މަންޒަރު ދުށް މީހަކު "ވަން" އަށް ބުނީ، މިޔަރު ދިން ހަމަލާގައި އެ މީހާގެ އަތުގެ މަސްގަނޑު ކަފައިގެން ގޮސްފައިވާ ކަމަށެވެ. އަދި ޒަހަމްވި މީހާ އިތުރު ފަރުވާއަށް މިހާރު މާލެ ގެނެސްފައިވާ ކަމަށްވެސް ބުންޏެވެ.