ގަޅޮޅު ކަންމަތީގައި އޮތް ވޭނެއްގައި ބާރުގަދަ އެއްޗެއް ގޮވިކަމުގެ ރިޕޯޓެއް ލިބިގެން އެ ސަރަހައްދުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެެމްއެންޑިއެފް މީޑިއާ އޮފިޝަލް "ވަން" އަށް ދެންމެ ވިދާޅުވީ އެ ހާދިސާގައި އެ ވޭނަށް ނުވަތަ އެ ސަރަހައްދުގައި މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

"އެކަމާ ގުޅިގެން އޮންނަ ޕްރޮސީޖާގެ ތެރެއިން ބަލަންޖެހޭ ކަންކަން ބަލަމުންދަނީ" އެމްއެންޑީއެފް އޮފިޝަލް ވިދާޅުވިއެވެ.