އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި ބޭއްވި ހިންދޫންގެ ދީނީ އެއްވުމެއްގައި ފިތިބާރުވެގެން 121 މީހުން މަރުވި މައްސަލައިގައި އެއްވުން އިންތިޒާމުކުރި ފަރާތް ހައްޔަރުކޮށްފިއެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާއިރު އިންޑިއާގެ ފުލުހުން ވަނީ އެ ހަރަކާތް އިންތިޒާމު ކުރުމުގައި ހަރަތާތްތެރިވި ހަ މީހަކާއި އެ ހަރަކާތް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވި ކުންފުނީގެ އެންމެ އިސްވެރިޔާވެސް ހައްޔަރުކޮށްފައެވެ.
އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވި ކުންފުނީގެ އިސްވެރިޔާގެ ބަންދަށް ކޯޓުން ވަނީ 14 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން، އެ ހަރަކާތް ބޭއްވުމަށް ހުއްދަ ދީފައިވަނީ 80،000 މީހުން ބައިވެރިކުރާ ގޮތަށެވެ. ނަމަވެސް އެ ހަރަކާތުގައި 250،000 މީހުން ބައިވެރިވެފައިވާ ކަމަށް ތަހުގީގަށް މިހާތަނަށް އެނގިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ