ނުރައްކާތެރި ''ވެސްޓް ނައިލް ވައިރަސް'' އިސްރާއީލުން ފެނިއްޖެއެވެ.
މަދިރީގެ ޒަރިއްޔާއިން ފެތުރޭ ''ވެސްޓް ނައިލް ވައިރަސް'' އިސްރާއީލުން ފެނިފައިވާއިރު މިހާތަނަށް ވައިރަސް ޖެހިގެން 8 މީހަކު މަރުވެފައިވާއިރު 153 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް އިސްރާއީލުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
އޮފިޝަލުން ވަނީ '''ވެސްޓް ނައިލް ވައިރަސް'' ފެނިފައިވަނީ ތެލްއަވީވްގެ މެޓްރޯޕޮލިޓަން ސަރަހައްދުގެ އެއިލަތުން ކަމަށް ބުނެފައެވެ.
އިސްރާއީލުގެ ހެލްތު މިިނިސްޓްރީ އާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އިން ގުޅިގެން ނެރުނު ބަޔާނެއްގައި ވާގޮތުން '''ވެސްޓް ނައިލް ވައިރަސް'' ފަތުރާ މަދިރި އެ ގައުމުގެ ހާޒިލިޔާ ސިޓީގެ އިތުރުން ޕެޓަ ތިކްވާ އަދި ކިރަތު އޮނޯގެ ސަރަހައްދުތަކުން ވަނީ ފެނިފައެވެ.
އެ ބަޔާނުގައި ވަނީ ކަމާބެހޭ އިދާރާތަކުން އިތުރު މަސައްކަތްތަކެއް ކޮށް އެ ވައިރަސް ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރުމުގެ އިތުރުން އާންމުން އެއަށް ހޭލުންތެރިކުރުވުމަށް ގޮވާލާފައެވެ.
'''ވެސްޓް ނައިލް ވައިރަސް'' އަކީ އެ ވައިރަސް ހަށިގަނޑަށް ވަނުމުން އެ މީހަކަށް ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތި ކުރުވާ ވައިރަހެކެވެ. އެގޮތުން ވައިރަސްގެ އަސަރުކުރާ ފަރާތްތަކުގެ ބޮލުގައި ރިއްސުމާއި ގައިގައި ރިއްސުމުގެ އިތުރުން ހުޅުހުޅުގައި ރިއްސައި ހޮޑުލައި ބޭރަށްހިންގާނެ އެވެ.
'''ވެސްޓް ނައިލް ވައިރަސް''ގެ އަސަރުކޮށް ބޮޑުވަރުވާ މީހުންގެ ސިކުނޑިއަށް ވައިރަހުގެ އަސަރުކޮށް ނާރުތަކުގެ ބާރު ދުއްވާލައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ