ތޫފާނެއް އަރައި ކެރީބިއަން ކަނޑުގައި އޮންނަ ޔޫނިއަން އައިލެންޑްގެ ބޮޑުބައެއް ފުނޑުފުނޑުކޮށްލައިފިއެވެ.

ކެރީބިއަން ކަނޑުގެ ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނާޑައިންސްގެ ޔޫނިއަން އައިލެންޑަށް ތޫފާން ބެރީލް އަރާފައިވާއިރު އެ ރަށުގެ 90 އިންސައްތަ ގެތައް ބިމާ ހަމަވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ތޫފާން ބެރީލް ބުދަ ދުވަހު ޔޫނިއަން އައިލެންޑަށް އަރާފައިވާއިރު އެރަށުން ހަ މީހަކު މަރުވެފައިވާކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.

ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނާޑައިންސްގެ ބޮޑު ވަޒީރު ވަނީ ތޫފާނުގެ ސަބަބުން ޔޫނިއަން އައިލެންޑަށް ލިބުނު ގެއްލުން ވަރަށް ބޮޑު ކަމަށާއި ހަމަ އެވަރުގެ ގެއްލުން އެ ސަރަހައްދުގެ އެހެން ރަށްތަކަށްވސް ވާނެކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ.

ތޫފާން އެރުމާއެކު ޔޫނިއަން އައިލެންޑުން ގިނަ އަދަދެއްގެ މީހުން ފެރީތަކުގައި އެރަށުން ބާލާފައިވާއިރު އެރަށް ކުރީގެ ހާލަތަށް އިއާދަ ނުކުރެވޭނެ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ތޫފާން ބެރީލްގެ ބާރު ދަށްވެފައިވީ ނަމަވެސް ތޫފާނުން ލިބޭ ގެއްލުން ބޮޑު ކަމަށް އޮފިޝަލުން ބުނެއެެވެ. މިހާރު އެ ތޫފާން ދަތުރުކުރަމުން ދަނީ ޖެމައިކާ ސަރަހައްދަށެވެ.