ކްރިމިނަލް ކޯޓުގައި މި ވަގުތު ދޭވާނީއެއް ނެތުމުގެ ސަބަބުން ހައްދުގެ ހުކުމް ތަންފީޒު ނުކުރެވޭތާ ދުވަސްތަކެއް ވެފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ހައްދު ޖެހުމުގެ ކަންކަން ތަންފީޒުކުރަން ދޭވާނީއެއް ހޯދަން ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 26 ގައި ކޮށްފައިވާ އިއުލާންގެ މުއްދަތު، މާދަމާއަށް ހަމަވާނެއެވެ.
އެ ހުކުމް ތަންފީޒު ކުރުން ކްރިމިނަލް ކޯޓުން އަމިއްލައަށް ކުރިއަށް ގެންދާނެ ގޮތަކާމެދު، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، ހައްދުގެ ހުކުމެއް ކުރި ނަމަވެސް ހައްދު ޖަހާނެ މީހަކު ނެތުމުގެ ސަބަބުން އެ ހުކުމް ތަންފީޒު ނުކުރާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.
އެ ހުކުމް ތަންފީޒު ކުރުމަކީ ކަރެކްޝަނަލް ސާވިސްގެ ޒިންމާއެއް ނަމަވެސް ހައްދުގެ ހުކުމް ތަންފީޒުކުރުން ކޯޓުން އަމިއްލައަށް ކުރާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަން ކުރަމުން އަންނަނީ ސަގާފީ ގޮތެއްގައިކަމުން، އެކަމާމެދު މިހާތަނަށް މީހަކު ސުވާލެއް އުފައްދާފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު