ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސަކުން ތެޔޮ ފެނިއްޖެއެވެ.
ސައުދީ އަރަބިއްޔާގެ އެނާޖީ މިނިސްޓަރީ އިން ވަނީ ހޯމަ ދުވަހު އެގައުމުގެ އިރުމަތީ ޕްރޮވިންސަކުން ތެލުގެ އިތުރުން ގޭސް ވެސް ފެނިފައިވާ ކަމަށް އިއުލާންކޮށްފައެވެ.
ސައުދީގެ އިރުމަތީ ޕްރޮވިންސްގެ ހަނަފަސް ސަރަހައްދުން ގިނަ އަދަދެއްގެ ތެޔޮވަޅު އަދި ގޭސް ވަޅު ފެނިފައިވާ ކަމަށް އެގައުމުގެ އެނާޖީ މިނިސްޓަރު ވަލީއަަހުދު އަބްދުލްއަޒީޒަ ބިން ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ ރަސްމީކޮށް ހާމަކުރައްވައިފައެވެ.
ސައުދީގެ ތެލުގެ ވިޔަފާރި ކުރާ ކުންފުނި ''ސައުދީ އަރަމްކޯ'' އިން ހޯދާފައިވާ އެތެޔޮވަޅުތަކާއި ގޭސް ވަޅުތަކަކީ އެގައުމުގެ ތެލުގެ ބާޒާރަށް ލިބިފައިވާ އިތުރު ކުރިއެރުމެއް ކަމަށް އޮފިޝަލުން ބުނެއެވެ.
އެކުންފުނިން ވަނީ އަލަށް ފެނުނު ތެޔޮވަޅުތަކުން ތެޔޮ ނެގުމުގެ އިންތިޒާމު ހަމަޖެހިފައިވާ އިރު، ދުވާލަކު 5100 ފީފާގެ ތެޔޮ ނެގުމަށާއި 4.9 މިލިއަން ކިއުބިކް ފީޓުގެ ގޭސް ކޮންމެ ދުވަހަކު އެއްކުރެވޭނެ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ