ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ މައްސަލައިގައި ހައްޔަރުކުރި ތ. ކިނބިދޫ/ ހުސައިން ސަމީރު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
ސިހުރު ހެދި ކަމަށް ތުހުމަތުވާ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ސަމީރުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުން އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް ސަލީމާއި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމެވެ. އެނގިފައިވާ ގޮތުގައި ސަމީރަކީ ސިހުރުވެރިޔާއެވެ.
ފުލުހުން މިއަދު ބުނީ އެ ފިރިހެން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ މަހުގެ 29ގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުުތުތަކަކާ އެކު ދޫކޮށްލާފައިވާ ކަމަށެވެ.
ސިހުރު ހެދި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ޝަމްނާޒު ވަނީ ސްޓޭޓް މިނިސްޓަރުކަމުން ސަސްޕެންޑް ކޮށްފައެވެ. މި މައްސަލައިގައި ޝަމްނާޒް ހައްޔަރުކުރި ދުވަސްކޮޅު ރަމީޒުވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް އޭނާ ސަސްޕެންޑް ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު