ކ. މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ބަލާފާސްކުރި އަށް ޔުނިޓަކުން 29 ފޯނާއި އެހެން ބައެއް އިލެކްޓްރޯނިކް ސާމާނާއި ބަނގުރާ އަތުލައިގެންފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޖަލުގައި ގާނޫނާ ހިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން މާފުށި ޖަލު ބަލާފާސްކުރުމުގެ އޮޕަރޭޝަނެއް މިއަދު ފަށާފައިވާ ކަމަށެވެ. އެ އޮޕަރޭޝަންގައި އެމްއެންޑީއެފްގެ 81 އޮފިސަރުންނާއި 183 ފުލުހުން އަދި ކަރެކްޝަންސް ސާވިސްގެ 40 އޮފިސަރުން ބައިވެރިވި ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންގައި މިއަދު މާފުށި ޖަލުގެ އަށް ޔުނިޓެއް ބަލާފާސްކުރި އިރު، އެ ޔުނިޓުތަކުން 29 މޯބައިލް ފޯނާއި 17 ޗާޖަރާއި 12 ހެޑްސެޓާއި ތިން ޕެންޑްރައިވްއާއި ތިން އިއާޕޮޑް އަދި ދެ ސިމް ކާޑުގެ އިތުރުން ހަތަރު ބޮގަރު ފުޅި އަތުލައިގަނެފައިވާ ކަމަށެވެ.
އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު