ރާއްޖޭގެ ކުށުގެ ވެއްޓާ ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

އެ މައުލޫމާތުތައް ކޮމިޓީއާ ހިއްސާ ކުރެއްވުމަށް ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުން ވަނީ ކޮމިޓީ ބައްދަލުވުމަށް ވަޑައިގެންފައެވެ.

ކޮމިޓީ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، އެބޭފުޅުން ކޮމިޓީއަށް ވަޑައިގެންނެވީ ސިއްރު މައުލޫމާތުތަކެއް ކޮމިޓީއާ ހިއްސާ ކުރެއްވުމަށް ކަމަށެވެ.

އެހެންކަމުން ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރު ކުރަން ފާސްކުރަން ހުށަހެޅުމެއް ހުށަހެޅުމަށް މެންބަރުންގެ ވެސް ކިބައިން ސަލީމް އެދިވަޑައިގެންނެވިއެވެ.

އެހެންކަމުން ކޮމިޓީ ސިއްރު ކުރަން ކެލާ ދާއިރާގެ މެންބަރު އަބުދުﷲ ޝަރީފް ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމަށް ވޯޓު ދެއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ކޮމިޓީ ސިއްރުކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.