މާލެ މާފަންނު މަދަރުސާގެ ބިތްދޮށުގައި އޮންނަ މަގަށް "ފަލަސްތީން ހިނގުން" ކިޔަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭގައި ނަން ނުކިޔާ އޮތް ދެ މަގުގެ ތެރެއިން އެއް މަގަށް ފަލަސްތީނާ ގުޅުވައި ނަމެއް ދިނުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 146ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ، "ފަލަސްތީން ހިނގުން" ކިޔަން ނިންމާފައިވަނީ މާފަންނު މަދަރުސާ ބިތްދޮށުގައި އޮންނަ، ކޮރަލް ބޮއުލްވާޑްގެ ދެކުނަށް އޮންނަ މަގަށް ކަމަށެވެ. އާޒިމް ހުށަހެޅުއްވި އެ ނަން ފާސްވީ މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި 10 މެންބަރުންގެ އަގުލަބިއްޔަތުން ކަމަށްވެސް ކައުންސިލުން ބުންޏެވެ.
ނަމަވެސް މަގަށް އެ ނަން ކިޔާނެ ތާރީހެއް ކައުންސިލަކުން އަދި ނުނިންމައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު