އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން އެދިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
އެ ޑިޕާޓްމަންޓްގެ ބޭފުޅުންނާއެކު އޮތް ބައްދަލުވުން ފައްޓަވަމުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ ފޮރިން މިނިސްޓްރީން އެދިފައިވަނީ ކޮމިޓީގެ މުގައްރިރުގެ ގޮތުން އޭނާއާއި އެ ކޮމިޓީގެ ނައިބު މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްއާ ދެ ބޭފުޅުން އެކަނި އެ ބައްދަލުލުވުން ކުރިއަށް ގެންދިއުން ކަމަށެވެ.
ނަމަވެސް މުޅި ކޮމިޓީ އާއެކު ބައްދަލުވުން ކުރިއަށް ގެންދިއުމަށް އޭނާ އެދިވަޑައިގެންނެވި ކަމަށާއި އެގޮތަށް ކަންކަން ހަމަޖެއްސެވީ އެހެންވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިޓީ ބައްދަލުވުން ސިއްރުކުރަން އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން އެދުނުކަން ގާސިމަށް އެންގީ އިދާރީ މޭޒުންނެވެ. އެއަށްފަހު އެކަމަށް ކޮމިޓީގައި ވޯޓު ނެގިއެވެ. އެކަމާ ގުޅިގެން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރީ ކޮމިޓީ ސިއްރު ކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު