އެޑް ޝީރަންގެ ކޮންސެޓެއް އަންނަ އަހަރު ލަންކާގައި ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް އެގައުމުގެ ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ދުނިޔޭގެ އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ ކޮންސެޓާ ބެހޭ މައުލޫމާތު ދީފައިވަނީ ހޯމަ ދުވަހު ލަންކާގެ ޓުއަރިޒަމް މިނިސްޓަރު، ހަރިން ފެނާންޑޯ ދެއްވި ނޫސްކޮންފަރެންސެއްގައެވެ.

މިނިސްޓަރު، ހަރިން ފެނާންޑޯ ވަނީ ލަންކާގެ ކުންފުންޏަކުން އެކަމުގެ ޝައުގުވެރިކަން ފާޅުކޮށް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށާއި އެޑް ޝީރަންގެ ކޮންސެޓް އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީގައި ބޭއްވުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.

އެޑް ޝީރަންގެ ކޮންސެޓް ބޭއްވުމުގެ ކަންކަން ހަމަޖައްސަމުން ދަނީ ލަންކާގެ މަޝްހޫރު ކުންފުނި ސިނަމަން ލައިފް އާއި އެ ގައުުމުގެ ޓުއަރިޒަމް މިނިސްޓްރީއާ ގުޅިގެންނެވެ.