ނ. ވަވަތިއަށް ޑިންގީއެއްގައި އިއްޔެ ލެއްގި ސޯމާލިއާގެ ތިން މީހުންނަށް ރާއްޖެ އާދެވުނީ ކަނޑުމަތީގައި ހާލުގައި ޖެހި، ބެހިގެން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ، އެ މީހުން ހޮޅުދުއަށް ގެންގޮސް، އެ ރަށުގެ ކައުންސިލްގެ އެހީތެރިކަމާއެކު ވަގޮތީ ގޮތުން އެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ފުލުހުން ހިއްސާކޮށްފައިވާ ފޮޓޯ އިން ފެންނަ ގޮތުގައި އެ މީހުން ވަވައްޗަށް ލެއްގީ އިންޖީނު އަޅާފައި އޮތް ކުޑަ ޑިންގީއެއްގައެވެ. އެއީ ތިން ފިރިހެނުންނެވެ.
އެ ތިން މީހުން އިށީނދެ ތިބި ފޮޓޯއެއް ފުލުހުން ހިއްސާކޮށްފައިވާ އިރު، އޭގެން ފެންނަ ގޮތުގައި އެ މީހުންގެ ހާލު ގޯހެއް ނޫނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު