ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ރަށްރަށާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އުރީދޫން މިއަދު ބުނީ، މިއީ އީދުގެ އުފަލުގައި ގިނަ ބަޔަކަށް ބައިވެރިވެވޭނެ ގޮތުގައި ހަރަކާތްތައް ރޭވުމުގެ އަމާޒުގައި ކުރެވުނު ކަންކަން ކަަމަށެވެ. އުރީދޫން މި އީދުގައި ހިންގި ހަރަކާތްތައް:
އުރީދޫ ޓީމުން ވަނީ އީދު ދުވަހު ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންނަށް ހަދިޔާ ބަހައިފައެވެ.
އުރީދޫ އާއި ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް ގުޅިގެން މާލޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި މާލި، ލަންގިރި، ބޮޑުބެރު،ސްޓޭޖް ޝޯ، ބޮޑުމަސް އަދި އާޓިސްޓުންގެ ޝޯކޭސް ޕެއިންޓިން ޝޯކޭސް ހިމެނެއެވެ
ނ. ލަންދޫގައި އީދު ފާހަގަކުރުމުގެ ގޮތުން ވަނީ އެ ރަށުގައި ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުން ފެށިގެން ލަންގިރި އާއި މާލި ފަދަތަފާތު ސަގާފީ ހަރަކާތްތަކަކީ ރަށުގެ ރައްޔިތުންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް އީދުގެ އުފަލުގައި ތައްޔާރުކޮށްފައިވާ ކަންކަމެވެ.
ކުޑަކުދިންގެ އިވެންޓަށް ހާއްސަ ބަބްލް ޝޯއަކާއި ފަން ގޭމްތަކެއް ތައްޔާރުކޮށްފައިވާ އިރު، ސަގާފީ ނެށުންތަކާއި އީދުގެ އާދަޔާ ހިލާފު ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ނައިފަރުގައި އީދަށް ގިނަ ހަރަކާތްތަކެއް ފެނިގެން ދިޔަ އިރު، މާލި ޕެރޭޑުން ފެށިގެން ބޮޑުބެރާ އެކު، ސްޓޭޖް ޝޯއާ ހަމައަށް ކޮންމެ މީހަކަށް ވެސް އުފާވެރިކަން ލިބުނެވެ. އަދި ރިލޭ ރޭހާއި ބަށި ފަދަ ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔައެވެ.
ޚަބަރު
ޚަބަރު
ޚަބަރު