ޔޫއެފާ ޔޫރޯ 2024 ގެ ނުވަވަނަ މެޗުގައި ބެލްޖިއަމާއި ސްލޮވޭކިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ ދެގައުމުންވެސް މިފަހަރުގެ ޔޫރޯގައި ކުޅޭ ފުރަތަމަ މެޗު. ބެލްޖިއަމަކީ މިރޭގެ މެޗަށް ފެވަރިޓުން. އެޓީމުން މިދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރަނގަޅު ނަތީޖާތަކެއް ބޮޑެތި މުބާރާތްތަކުގައި ނެރުނު. އެހެން ނަމަވެސް އެ ރަން ޖީލަށް އަދި ތަށްޓެއް ލިބިފައެއް ނުވޭ. އެހެންކަމަށްވުމުން، މިފަހަރުގެ ޔޫރޯ ހޯދަންވެސް އެޓީމުން ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް ބެލެވޭ.
- ފްރެންސެސްކޯ ކަލްޒޯނާ - ސްލޮވޭކިއާ
ފްރެންސެސްކޯ ކަލްޒޯނާ އަކީ މިވަގުތު ކޯޗިން ދެ ވަޒީފާއެއްގައި ހުރި ކޯޗެއް. އެއީ ސްލޮވާކިއާ ގައުމީ ޓީމާއި އިޓަލީގެ ކްލަބު ނަޕޯލީގެ ކޯޗުކަމުގައި. އިޓަލީއަށް އުފަން ކަލްޒޯނާގެ ކޯޗިން ކެރިއަރު އެކުގައި ބިނާކޮށްފައި ވަނީވެސް އިޓަލީން. 2008 ވަނަ އަހަރުން ފެށިގެން ކޯޗިން މަސައްކަތަށް ނުކުތް ކަލްޒޯނާ، 2022 އާ ހަމައަށް އެކިއެކި ކޯޗުންގެ އެސިސްޓެންޓް ކަމުގައި މަސައްކަތް ކުރި. އޭނާ ހެޑް ކޯޗަކަށް ފުރަތަމަ ނުކުތީވެސް 2022 ވަނަ އަހަރު ސްލޮވާކިއާއާ އެކުގައި. ނަޕޯލީ ކޯޗުކަން އޭނާއާ ހަވާލުކުރީ މިއަހަރު ފެބްރުއަރީ މަހު. އެއީ ސީޒަން ނިމެންދެން.
- ޑޮމެނިކޯ ޓެޑެސްކޯ - ބެލްޖިއަމް
އިޓަލީއަށް އުފަން ޓެޑެސްކޯ ވަނީ ވަރަށް ޒުވާން އުމުރުގައި ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔާވުމަށްފަހު ކޯޗިން ކެރިއަރު ފަށައިފައި. ކޯޗިން ކެރިއަރު 2017 އަހަރު ފަށައި، ޖަރުމަންގެ ޝާލްކޭއާއެކު އޭނާ ވަނީ ފުރަތަމަ ސީޒަނުގައި ވެސް ޖަރުމަން ބުންޑަސްލީގާގެ ދެވަނަ ހޯދައިފައި. އޭގެ ފަހުން އާރްބީ ލައިޕްޒިގާ ހަވާލުވެ، 2022 ވަނަ އަހަރު ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލާ ހަމައަށް ގެންގޮސްދީ، އެ ކްލަބަށް އެ އަހަރުގެ ޖަރުމަން ކަޕް ވެސް ކާމިޔާބުކޮށްދިން. ބެލްޖިއަމް ގައުމީ ޓީމާ ޓެޑެސްކޯ ހަވާލުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024