އަރަފާތު ދުވަހު އެއް ބިލިއަން ލީޓަރުގެ ފެން ބޭނުންކޮށްފައިވާ ކަމަށް ސައުދީން ބުނެފިއެވެ.

މައްކާ އާއި ހައްޖުގެ އަޅުކަމުގައި ހައްޖާޖީން އުޅޭ ސަރަހައްދު ތަކަށް ފެން ފޯރުކޮށްދީފައިވަނީ ސައުދީގެ ނެޝަނަލް ވޯޓާ ކޮމްޕެނީގެ ބެލުމުގެ ދަށުންނެވެ.

އަރަފާތު ދުވަހު އެކަނިވެސް 286 މިލިއަން ލީޓަރުގެ ފެން އަޅުކަން ކުރާ ސަރަހައްދު ތަކުގައި ބޭނުން ކޮށްފައިވާކަމަށާއި 794 މިލިއަން ލީޓަރުގެ ފެން މައްކާގެ އާންމު ފެން ސަޕްލައިގައި ބޭނުންކޮށްފައިވާކަމަށް ސައުދީގެ ނެޝަނަލް ވޯޓާ ކޮމްޕެނީން ބުނެއެވެ.

ސައުދީގެ ނެޝަނަލް ވޯޓާ ކޮމްޕެނީން ފެން ފޯރުކޮށްދިނުމުގައި ހާއްސަ ޓީމެއް ކަމުގެ އިންޖިނިއަރުންނާއި އެކްސްޕާޓުންގެ އެހީގައި ހުރިހާ ސަރަހައްދުތަކަށް މެދުކެނޑުމެއް ނެތި ފެން ލިބޭނެ ގޮތް ހަދާފައިވެއެވެ.

ފެން ތަހުލީލު ކުރުމަށް އަރަފާތު ދުވަހު އެކަނިވެސް 4840 ލެބޯޓަރީ ޓެސްޓު ހަދާފައިވާ ކަމަށްވެސް ސައުދީން ބުނެއެވެ.