ސައުދީ އަރަބިއާގެ މައްކާއަށް ހޫނުގަދަވުމުގެ ސަބަބުން ހައްޖަށް ދިޔަ ހަ މީހަކު މަރުވެއްޖެއެވެ.

ސައުދީގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން، ހައްޖު ދުވަހު މައްކާގެ އިހުސާސް ކުރެވޭ ހޫނުމިން ހުރީ 48 ޑިގްރީ ސެލްސިއަސްގައެވެ. އަދި ހަ މީހުން މަރުވީ ހީޓްސްޓްރޯކެއް ޖެހިގެން ކަމަށާއި އެ އެންމެންނަކީވެސް އުރުދުން އަށް ނިސްބަތްވާ މީހުން ކަމަށްވެސް ބުނެފައިވެއެވެ.

މި އަހަރު 1.8 މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކޮށްފައިވާއިރު، ހައްޖުވެރިންނަށް ހިދުމަތް ކުރުމަށް 1600 އަށްވުރެ އަސްކަރީ ސިފައިންނާއި 30 ރެޕިޑް ރެސްޕޮންސް ޓީމާއި 5000 އަށްވުރެ ގިނަ ސިއްހީ އެހީތެރިން ހަރަކާތްތެރިވެއެވެ.