ކެމްބޯޑިއާގައި 4.1 ޓަނުގެ މަސްތުވާތަކެތި އަންދާލައިފިއެވެ.

ކެމްބޯޑިއާގައި ހިންގާފައިވާ މަސްތުވާތަކެތީގެ އެކި އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ އެ މަސްތުވާތަކެތީގެ އަގު 70 މިލިއަން ޑޮލަރަށް އަރާއިރު، އެ މަސްތުވާތަކެތީގެ މައްސަލަތަކުގައި 10،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް ތަހުގީގު ހިންގައިފައިވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން، އަންދާލި މަސްތުވާތަކެތީގެ ތެރެއިން އެންމެ ގިނައިން ހިމެނެނީ މިޔަންމާއާއި ލާއޯސް އަދި ތައިލެންޑުން ކެމްބޯޑިއާއަށް އެތެރެކޮށްފައިވާ މަސްތުވާތަކެއްޗެވެ.

އދ. ގެ ޑްރަގް އެންޑް ކްރައިމްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ކެމްބޯޑިއާއަކީ މަސްތުވާތަކެތީގެ ވިޔަފާރީގައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުންކުރާ ގައުމެކެވެ.