އޮސްޓްރޭލިއާގެ އަވަށެއްގައި އާންމުންނަށް އުނދަގޫ ބޮޑުވި ކިނބުލެއް ހިފައި ކައްކައިގެން ކައިފިއެވެ.
އޮސްޓްރޭލިއާގެ އުތުރުގައި ވަކިން އޮންނަ ބުއްލާ ނަމަކަށް ކިޔާ އެއަވަށުގައި އާންމުން ގެންގުޅޭ ދޫނިތަކާއި ޖަނާވާރުތައް ކައި، އަވަށުގައި އުޅޭ މީހުންނަށް ނުރައްކާވެފައިވާ ކިނބޫ ހިފާފައިވަނީ ބަޑި ޖަހައި މަރައިގެން ކަމަށް އޮފިޝަލުން ބުނެއެވެ.
ފުލުހުން ވަނީ ދިގު މިނުގައި 11.8 ފޫޓު ހުންނަ އެކިނބޫ ހިފުމަށްފަހު އާންމުންގެ އެދުމުގެ މަތިން އެއަވަށުގައި އޮންނަ ސަގާފީ ކޭމަކަށް ތައްޔާރުކޮށް އެކިނބޫ ކައްކާފައިވާ ކަމަށް ބުނެފައެވެ.
ފުލުހުން ވަނީ އެކިނބޫ ކެއްކުމަށްފަހު އެއަވަށުގެ އެންމެންނަށް ބަހާލި ކަމަށް ބުނެފައެވެ.
އޮސްޓްރޭލިއާ އަކީ 1971 ވަނަ އަހަރުން ފެށިގެން އެގައުމުގައި ދިރިއުޅޭ ހުރިހާ ބާވަތެއްގެ ކިނބޫ ހިމާޔަތް ކޮށްފައިވާ ގައުމެކެވެ.
އޮފިޝަލުން ވަނީ އޮސްޓްރޭލިއާގެ އުތުރުގެ ސަރަހައްދުގައި ލައްކަ އަކަށްވުރެ ގިނަ ކިނބޫ އުޅޭ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ