ލޭނު މަސްވެރިކަމާ ދެކޮޅަށް ހުޅުމާލޭ ކަންނެލި ޖެޓީގައި އިހުތިޖާޖުކުރަމުންދާ ކަންނެލި މަސްވެރިން، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއާ ބައްދަލުކުރަން އެދިއްޖެއެވެ.
ބޮޑުކަންނެލި މަސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިންތިޒާމުކޮށްގެން ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުގައި މިއަދު މެންދުރު ކުރިން ފެށިގެން ދަނީ އިހުތިޖާޖު ކުރަމުންނެވެ. އަދި މިހާރު އެއް ނަމްބަރު ފާލަމާ ދިމާ ކަނޑުމަތީގައި އެ އިހުތިޖާޖުގައި ގިނަ އަދަދެއްގެ ކަންނެލި ދޯނިތަކުގެ ފަޅުވެރިންނާއި ކެޔޮޅުން ދަނީ ބައިވެރިވެ އިހުތިޖާޖު ކުރަމުންނެވެ.
ބެނާތަކާއި ޕޯސްޓަރުތަކާއެކު މަސްވެރިން އިހުތިޖާޖު ކުރަމުންދާ އިރު، އެ މީހުންގެ ގިނަ ޑިމާންޓުތަކެއް އެބަހުއްޓެވެ.
"އަޅުގަނޑުމެންގެ ޑިމާންޑަކީ، މިނިސްޓަރު ޝިޔާމް ވަގުތުން ވަޑައިގަންނަވާށޭ މިތަނަށް. މިތަނަށް އައިސް މިކަންކަމަށް ހައްލެއް ގެނެސްދޭށޭ. ކަންނެލި ސަރުކާރަށް ކިރޭނެ ގޮތް ހަދައިދޭށޭ ބުނި އަގަށް ގަނެގެން. ކީއްކުރަންތޯ މިއުޅެނީ ލޭނު އަޅައިގެން ކަންނެލި ބާނަން ހުއްދަ ދީގެން. މިކަމުން މަންފާވާނީ ވަކި ބަޔަކަށް. އަޅުގަނޑުމެން ވާނީ ނިކަމެތި" އިހުތިޖާޖުގެ ބައިވެރިޔަކު "ވަން" އަށް ބުންޏެވެ،
އިހުތިޖާޖުގެ ބައިވެރިން ދަނީ ހުޅުމާލޭ ކަންނެލި ޖެޓީ އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކުރަންވެސް ގޮވާލަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކީ ކަންނެލި 80 ރުފިޔާ އާއި 100 ރުފިޔާއަށް މިފްކޯއަށް ގަންނަ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ.
ލޭނު މަސްވެރިކަމަށް ހުޅުވާލުމަށް ފިޝަރީޒް މިނިސްޓްރީން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް މިހާރު ވަނީ ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު