މަސްވެރިން މިފްކޯއަށް ކިރުވި މަހަށްވާ ފައިސާ ވަގުތުން ދިނުމަށް އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ލޭނު މަސްވެރިކަމާ ދެކޮޅަށް ބޮޑު ކަންނެލި މަސްވެރިން އިހުތިޖާޖުކުރަމުންދާ އިރު، ކިރުވި މަހަށް ފައިސާ ނުލިބޭތީ، ގދ. މަޑަވެލީގައި ދަނީ އިހުތިޖާޖުކުރަމުންނެވެ.
އެކަމާ ގުޅިގެން އެކްސްގައި ޝާހިދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަހު ތެރޭ ފައިސާ ޖަމާ ކުރާނެ ކަމަށް ވައުދުވެގެންކަން ދިވެހި މަސްވެރިން ދަނީ ސަރުކާރަށް ތަކުރާރުކޮށް ހަނދާންކޮށްދެމުން ކަމަށާއި ކަންނެލި މަސްވެރިން މިއަދު ކުރަމުންގެންދާ އިހްތިޖާޖުގެ އަޑު ސަރުކާރުން އެހުމަށާއި މަސްވެރިން މިފްކޯއަށް ކިރުވި މަހަށް ދޭން ޖެހޭ 80 މިލިއަން ރުފިޔާ ވަގުތުން ދިނުމަށް ގޮވާލައްވާ ކަމަަށެވެ.
ޝާހިދު ވިދާޅުވީ މި އަހަރު ކުރީކޮޅުވެސް މަސްވެރިންނަށް ދޭން ޖެހޭ އެތަށް މިލިއަން ރުފިޔާއެއް ނުދައްކާތާ އެތައް މަހެއް ވެގެން މަސްވެރިން މުޒާހަރާ ކުރަން ފެށުމުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ސަރުކާރުން ދެއްކިކަން މަސްވެރިން ހަނދާން އެބަހުރި ކަމަށް ބުނަމުންދާ ކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، މި ވަގުތު އިތުރު އިންތިހާބެއް ބޯމަތީގައި ނެތް ނަމަވެސް، މަސްވެރިން އަތުން ގަނެފައިވާ މަހަށް ދޭން ޖެހޭ ފައިސާއަކީ މަސްވެރިންގެ ހައްގަކަށްވާތީ ސަރުކާރުން އެ ހައްގު ވަގުތުން އަދާކުރުމަށް ގޮވާލައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު