ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުގެ ދޮން ބައްޕާފުޅު އަލީ އިބްރާހީމް އަވަހާރަވެއްޖެއެވެ.
ދ. މީދޫ ގުލްޝަންކިނާރާ، އަލީ އިބްރާހިމް (ދޮން އަލިބެ) އަވަހާރަވީ ރޭގެ ފަތިހުގެ ވަގުތެއްގައެވެ. އަވަހާރަވި އިރު، އުމުރުފުޅަކީ 78 އަހަރެވެ.
އަލީ އިބްރާހިމްގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ. މޫނު ދެއްކުން ވެސް ކުރިއަށް ގެންދާނީ އިސްލާމީ މަރުކަޒުގައެވެ.
ރައީސް މުއިއްޒު ވަނީ ދޮން އަލިބެގެ ޖަނާޒާގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.
މެޑަމް ސާޖިދާގެ ދޮންބައްޕާފުޅު އަވަހާރަވުމުން ސަރުކާރުގެ މައި ޕާޓީ، ޕީޕީއެމް/ޕީއެންސީން ވަނީ ތައުޒިޔާ ކިޔައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު