ކ. ގުރައިދޫގައި ފުލުހުންނަށް އިންޒާރުދިން ކުޑަކުއްޖަކަށް ބެލެނިވެރިޔާގެ ހާޒިރުގައި ނަސޭހަތް ދިނުމަށްފަހު ދޫކޮށްލައިފިއެވެ.
ސޯޝަލް މީޑިއާގައި އެ ކުއްޖާ ފުލުހުންނަށް އިންޒާރުދޭ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އަދި އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ނުދާން ވެގެން ދެކޮޅު ހަދާ މަންޒަރު ފެނެއެވެ.
އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންނަށް އިންޒާރު ދީފައިވަނީ 17 އަހަރުގެ ކުއްޖެއް ކަަމަށާއި ފުލުހުން އެ ކުއްޖާ ހުއްޓުވައި މައުލޫމާތު ސާފުކުރަން އުޅުމުން ފުލުހުންނަށް އިންޒާރު ދީފައިވާ ކަމަށެވެ.
އެއީ ކުޑަކުއްޖަކަށްވުމުން އެ ކުއްޖާ ޕޮލިސް ސްޓޭޝަނަށް ގެންގޮސް، އެ ކުއްޖާގެ މައިންބަފައިންގެ ހާޒިރުގައި ކުއްޖާއަށް ނަސޭހަތް ދިނުމަށްފަހު ބެލެނިވެރިންނާ ހަވާލުކޮށްފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު