މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓަވާނެ ފަސް މެންބަރުން ކަނޑައަޅައިފިއެވެ.
މަޖިލިސް ގަވައިދުގެ 44 ވަނަ މާއްދާ ބުނާގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ބަލަހައްޓަން ނުކުޅެދިއްޖެ ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުން ކަނޑައަޅަން ޖެހެނީ މަޖިލީހުގެ ރައީސެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، އެ މެންބަރުން ކަނޑައަޅުއްވާފައި ވަނީ މަޖިލިސް ގަވައިދުގައިވާ ގޮތުގެ މަތިން މެޑުނުކެނޑި އެންމެ ގިނަ ދުވަހު މަޖިލީހަށް ހިދުމަތް ކުރައްވާފައިވާ މެންބަރުންގެ ތަރުތީބުން ކަމަށެވެ.
- މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު - މެދުނުކެނޑި 19 އަހަރާއި 3 މަސް ދުވަސް
- މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް - މެދުނުކެނޑި 15 އަހަރު
- އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް - މެދުނުކެނޑި 15 އަހަރު
- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ - މެދުނުކެނޑި 15 އަހަރު
- މަހިބަދޫ ދާއިރާއިގެ މެންބަރު އަހުމަދު ތޯރިގް - މެދުނުކެނޑި 10 އަހަރު
މި ލިސްޓުގައި ހިމެނިވަޑައިގަންނަވާ ހަތަރު މެންބަރުންނަކީ ނިމިދިޔަ 19 ވަނަ މަޖިލީހުގައި ވެސް ރިޔާސަތު ބެލެހެއްޓެވި މެންބަރުންނެވެ.
މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަަހައްޓަން އުޒުރުވެރިވާ ހާލަތެއްގައި، ރިޔާސަތު ބަލަހައްޓާނެ މެމްބަރަކު ކަނޑައަޅާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެމްބަރުންގެ ތެރެއިން ޖުމްލަ ފަސް މެމްބަރުން ކަމަށެވެ.
އެ ފަސް މެމްބަރުންގެ ތަރުތީބު ކަނޑައެޅުމުގައި އެ މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތަށް އިސްކަންދޭންޖެހޭނެ ކަމަށްވެސް އެ މާއްދާގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު