ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ މެދުޒިޔާރަތް މަގުގެ ހޮޓެލް ޖެން ކައިރީގައި އޮންނަ ސައިކަލު ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއްގައި އަލިފާން ރޯކޮށްލާފައިވާ ކަމަށް ރޭ ދަންވަރު 3:03 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަލިފާން ރޯކޮށްލުމާ ގުޅިގެން 7 ސައިކަލަކާއި ވޭނަކަށް ގެއްލުން ލިބިފައިވާ ކަމަށާއި އޭގެތެރެއިން ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސައިކަލުތަކުގައި ރޯކޮށްލި މީހާ ދެނެގަނެވިފައިވާ ކަމަށާއި އެމީހާ ހައްޔަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު