އައްޑޫ ސިޓީއަށް ސާފު ފެން ނުލިބޭ މައްސަލަ ވަގުތުން ވަގުތައް ހައްލުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވީ، ފެނަކައިން ފޯރުކޮށްދޭ ސާފު ފެން، އައްޑޫ ސިޓީގެ ހިތަދޫ އާއި މަރަދޫ އާއި މަރަދޫ ފޭދޫ އާއި ފޭދޫ ރައްޔިތުންނަށް މިދިޔަ އޭޕްރީލް މަހުން ފެށިގެން ލިބެމުން ނުދާ ކަމަށެވެ.

އެކަމުގެ ސަބަބުން ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ބުރޫ އަރައި އެތަކެއް ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ފެނަކައަށް ނުކުޅެދިފައިވާ އިރު، އެކަމުގައި ޒިންމާވާ ފަރާތެއް ނޭނގޭތީ އިތުރު ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެ މައްސަލައަށް ހައްލު ހޯދައިދީ، އެ ރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ ހައްގު ކަމަށްވާ ސާފު ފެން ފޯރުކޮށް ދިނުމަށް ދިމާވެފައިވާ މައްސަލަ ވަގުތުން ވަގުތަށް ހައައްލު ކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަަމަށް އެ ކުއްްލި މައްސަލައިގައިވެއެވެ.