ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކްގެ ކްރެޑިޓް ކާޑަށް އެދި ހުށަހަޅައިގެން 25،000 ރުފިޔާ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލުން ފަށައިފިއެވެ.
ބީއެމްއެލުން މިއަދު ބުނީ އިންޓަނެޓް ބޭންކިން އާއި މޯބައިލް އެޕް މެދުވެރިކޮށް ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދި ހުށަހެޅެން ހުންނާނެ ކަމަށެވެ.
ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑުން ބުކިން.ކޮމް އަދި ޑައިނިން އެކްސްޕީރިއަންސް ފަދަ އޮފާތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
އަދި ކްރެޑިޓް ކާޑުން ބީއެމްއެލް އީޒީ ޕޭ މެދުވެރިކޮށް ނަގާ މުދަލަށް އިންސްޓޯލްމަންޓަށް ފައިސާ ދެއްކެން ހުންނާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
މީގެ އިތުރުން ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމަށް ރަޖިސްޓްރީކޮށް، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓްވެސް ހޯދޭން ހުންނާނެއެވެ.
އެ ޕޮއިންޓުތައް، ފްލައިޓް ޓިކެޓު، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖޭ އާއި ރާއްޖޭއިން ބޭރުގެ މާޗަންޓުންގެ ވައުޗަރު ހޯދުމަށް ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ،
ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކީ ކަސްޓަމަރަކަށް ހިދުމަތް ފޯރިކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭ ގޮތަށް ފަރުމާކޮށްފައިވާ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުޖްރާ އުސޫލުން ތައާރަފުކޮށްފައިވާ ކާޑެއް ކަމަށް ބީއެމްއެލުން ބުންޏެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި