ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ކަންކަމަށް އިންސާފު ހޯދައިދިނުމަށް، އިޒްރޭލްގެ ވެރިންތައް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހަތަރުވަނަ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް" މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުން ރައީސް މިރޭ ވިދާޅުވީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އިޒްރޭލުން، ފަލަސްތީނުގެ، ރަފާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް އިޒްރޭލަށް އަމުރުކޮށްފައި ކަމަށެވެ.
"ސިޑްސްގެ ބައިވެރިވާ ލީޑަރުން ވެސް އިޒްރޭލުގެ މި ހަމަލާތަކާއި ގަތުލު އާންމު ހުއްޓާލުމަށް ގޮވާލަން ޖެހޭ. މިއީ އިޒްރޭލުގެ ލީޑަރުން އިންސާފުގެ ކުރިމައްޗަށް ގެންނަންވީ ވަގުތު. އަދި އެ މީހުންގެ ހިންގި ކުށްތަކަށް އަދަބުދޭންވީ ވަގުތު،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއްވެސް އެހީތެރިކަމެއް ނުލިބި ފަލަސްތީން އެކަހެރިވެ، މަޔޫސްވެފައިވާ ކަމަށާއި އެކަމުގެ އިހުސާސް ރާއްޖެ ރަނގަޅަށް ދަންނަ ކަމަށެވެ. ބައިނަލްއަގުވާމީ މުޖުތަމައުން ފަލަސްތީނަށް އެހީވުމުގެ ނިޔަތެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
މިއީ ސިޑްސްގެ ގައުމުތަކުން ވެސް ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު