މާލެއިން ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ ކުއްޖާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

މި މަހުގެ 21 ވަނަ ދުވަހަށްފަހު ހޯދަމުންދިޔައީ ތ. މަޑިފުށި/ ނައިޓްރޯސް، ޒޯޔާ ފިކުރީއެވެ. އޭނާ މިހާރު ދިރިއުޅޭ އެޑްރަހަކީ ވ. ނާލިސްއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޒޯޔާ ރޭގެ ވަގުތެއްގައި މާލެއިން ފެނިފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށެވެ.

އަދި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.