އެމެރިކާގެ ނޭޝަނަލް އެއިރޮނޮޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން ޖައްވުގައި ކުރާ ތަހުލީލަކަށް ކުޑަ ސެޓަލައިޓެއް ފޮނުވާލައިފިއެވެ.

ނިއުޒިލެންޑުގެ މަހިއާގައި ހުންނަ ރޮކެޓް އުދުއްސާލާ ޕްލެޓްފޯމް މެދުވެރިކޮށް ނާސާ އިން ޖައްވަށް ފޮނުވާލި އެ ސެޓަލައިޓުގެ ބޮޑުމިނުގައި ހުންނާނީ ބޫޓު ފޮއްޓެއްގެ ބޮޑުމިން ކަމަށް އޮފިޝަލުން ބުނެއެވެ.

ނާސާ އިން ބުނީ، އެ ސެޓަލައިޓް މެދުވެރިކޮށް ދުނިޔެ އިން ޖައްވަށް ބޭރުވާ ހޫނުގެ މިންވަރު ދެނެގަންނާނެ ކަމަށާއި ހާއްސަކޮށް އެންޓާޓިކާ ފަދަ ފިނި ސަރަހައްދުތަކުން ޖައްވަށް ބޭރުވާ ހޫނުގެ މިންވަރު ދެނެގަންނާނެ ކަމަށެވެ.

''ޕޯލާ ރޭޑިއަންޓް އެނާޖީ އިން ދަ ފާ-އިންފްރާ ރެޑް އެކްޕެރިމަންޓް'' ނަމުން ނަން ދީފައިވާ އެ މިޝަންގައި އަދި އިތުރު ސެޓަލައިޓެއް ޖައްވައް ފޮނުވަން ހަމަޖެހިފައިވާ ކަމަށްވެސް ނާސާ އިން ބުނެއެވެ.

ނާސާގެ އެ ތަހުލީލުން ހާމަވާ ނަތީޖާއަށް ބަލައި މުސްތަގުބަލުގައި މޫސުމަށް އަންނަ ބަދަލާއި ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލު ގާތުން ބެލޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.