ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު އަންނަ ހުކުރު ދުވަހު ޑިޕްރެޝަން އަކަށް ބަދަލުވެދާނެ ކަމަށް ލަންކާގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ބުނެފިއެވެ.
ލަންކާގެ މެޓުން ވަނީ އެކޮޅިކަނޑު ދަތުރުކުރަމުން ދަނީ އިރު އުތުރަށް ކަމަށާއި ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައެވެ.
ހުކުރު ދުވަހުގެ ވަގުތެއްގައި އެ ކޮޅިގަނޑު ޑިޕްރެޝަނަކަށް ބަދުލުވެ އެގައުމުގެ ކަނޑު ގަދަވާނެ ކަމަށް މެޓުން ފާހަގަކޮށްފައިވެއެވެ.
ލަންކާގެ މަސްވެރިންނާއި ކަނޑު ދަތުރުކުރާ ފަރާތްތަކުންވެސް އެދުވަސްވަރު ލަންކާގެ އިރު ދެކުނު ސަރަހައްދުން ދަތުރުކުރުން ރައްކާތެރި ނޫން ކަމަށްވެސް އެގައުމުގެ މެޓު އޮފީހުން ބުނެފައިވެއެވެ.
ލަންކާގެ މެޓް އޮފީހުން ވަނީ ޑިޕްރެޝަނަކަށް ބަދަލުވުމާ އެކު ވައިގެ ބާރުމިން ހުންނާނެ ކަމަށް ބެލެވެނީ ވިލާގަނޑުގައި ގަޑިޔަކު 70 ކިލޯމީޓަރުގައި ކަމަށް ފާހަގަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ