ޒުވާން އަންހެން ގްރޫޕަކުން ދުވަސްވީ ފިރިހެނުން ހައްލާލައިގެން ހިޔާ ފްލެޓަށް ގެންގޮސް ފޭރޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފޮލިހުން މިއަދު ބުނީ އެކި ވާހަކަ ދައްކައިގެން ހައްދާލައިގެން ހުޅުމާލެ ފޭސް ދޭއްގެ ޓަވަރެއްގެ އެޕާޓްމަންޓް އަކުން މީހުން ގެންގޮސްގެން ފޭރޭ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ކަމާ ގުޅޭ އިތުރު މައުލޫމާތެއް ހާމަނުކޮށް ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. ފުލުހުން ވަނީ ކާކުކަން ނޭންގޭ ނުވަތަ ގޮތް ނޭންގޭ މީހުން އެ ގޮތަށް ތަންތަނަށް ދާން އެދުނަސް ނުދިއުމަށް އިލްތިމާސް ކޮށްފައެވެ.
ހިޔާ ފްލެޓްގެ ވައިބާ ގްރޫޕެއްގައި ޖަހާފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ފޭސް ދޭއްގެ ބައެއް ޓަވަރު ތަކުގައި ދިރިއުޅެމުންދާ އަންހެނުން ފިރިހެން ކިޑްނެޕް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ.
އެހެންކަމުން އެއްވެސް އަންހެނަކު ބުނެގެން އެ މީހުންގެ އެޕާޓްމަންޓަަށް ނުދިއުމަށް އެދިފައިވެއެވެ. އަދި އަދި ކުޑަކުދިން އިތުރަށް ސަމާލުވުމަށް އެ ޕޯސްޓްގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު