ދެމެހެއްޓެނެވި ގޮތެއްގައި މަސްވެރިކަން ކުރުމުގައި، މަހުގެ ކޮލިޓީ ހިފަހައްޓަން ޓެކްނޮލޮޖީއަށް އިންވެސްޓުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މިފްކޯގެ ސީއީއޯ އަހުމަދު ސަމާހް ރަޝީދު ވިދާޅުވެއްޖެއެވެ.
"އިންފޯފިޝް ޓޫނާ ކޮންފަރެންސް" ގައި ރޭ ސަމާހް ވިދާޅުވީ، ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސެޓްފިކެޓްތަކާ އެކު އުފައްދާ އުފެއްދުންތަކެއް ކަމަށެވެ.
ސަމާހް ވިދާޅުވީ، ކަނޑުމަހުގެ އުފެއްދުންތައް އުފައްދާ އިރު ކޮލިޓީއަށް ހާއްސަ އިސްކަމެއް ދޭ ކަމަށެވެ.
"ކޮލިޓީގެ އެންމެ އުސްފަންތީގައި ދެމިތިބުމަށާއި އިސްރާފު ކުޑަކުރުމަށް ކުރަންޖެހޭ ކަންކަން ބަލައި ދިރާސާކޮށް ޓެކްނޮލޮޖީއަށް އިންވެސްޓްކުރުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން." ސަމާހް ވިދާޅުވިއެވެ.
ސަމާހް ވިދާޅުވީ، ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށްވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސަމާހް އިތުރަށް ވިދާޅުވީ، މަސްވެރިންނަށް ހެޔޮގޮތް ހޯދައިދިނުމަކީ މިފްކޯގެ އަމާޒު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު