ގދ. އަތޮޅުގައި އޮންނަ ރަފުލްސް މޯލްޑިވްސް ނަމަކަށް ކިޔާ ރިސޯޓަކުން ކަޔަކެއްގައި ނުކުތް މީހަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ގެއްލިގެން ހޯދަމުންދަނީ އެ ރިސޯޓުގެ ދޯންޏެއްގައި މަސައްކަތްކުރާ ބަންގްލަދޭޝް މުވައްޒަފެއް ކަމަށެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު މެންދުރުފަހު 3:30 އެހާކަށް ހާއިރު ކަމަށްވެސް ބުންޏެވެ.

މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށާފައިވާއިރު، ހަތަރު މީހުންނާއެކު ތިލަފުށިން ފުރައިގެން މ. އަތޮޅަށް ދިޔަ ދޯންޏެއް ގެއްލިގެން ހޯދާތާ ތިން ދުވަސް ވެއްޖެއެވެ.

ރާއްޖޭގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް އަދިވެސް އޮތީ ޔެލޯ އެލާޓް ނެރެފައެވެ.