މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ޖުމުލަ ދަރަނި 126 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީގެ "ކުއާޓާލީ ބުލެޓިން" ގައިވާ ގޮތުން ފުރަތަމަ ތިން މަހު ދައުލަތުގެ ދަރަންޏަށް ވަނީ 1.4 ބިލިއަން ރުފިޔާ އިތުރުވެފައެވެ. އެގޮތުން ފުރަތަމަ ތިން މަހުގެ ތެރޭގައި އެތެރޭގެ ދަރަންޏަށް 74 ބިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު ނިމުނުއިރު ދަރަނި ހުރީ 124.8 ބިލިއަން ރުފިޔާގައެވެ.
ތަފާސްހިސާބުގައިވާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ބޭރުގެ ދަރަނި ހުރީ 51.7 ބިލިއަން ރުފިޔާގައެވެ. ނަމަވެސް ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދު ވަނީ 51.6 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.
ދަރަނީގެ ތެރެއިން ދައުލަތުން ސީދާ ނެގި ލޯނުގެ އަދަދު ހުރީ 112 ބިލިއަން ރުފިޔާގަ އެވެ. އަދި ދައުލަތުން ގެރެންޓީ ދިން ލޯނުގެ އަދަދު ހުރީ 14 ބިލިއަން ރުފިޔާގައެވެ. ދައުލަތުގެ ދަރަނި މިވަގުތު ހުރީ ޖީޑީޕީގެ ނިސްބަތުން 110 ޕަސަންޓުގައެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 116 ޕަސަންޓުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު