ވޯކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާ ހަވާލުވާން ދާން އޮންލައިންކޮށް ނަންބަރު ނެގޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

މީގެ ކުރިން ވޯކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރަމުން އައީ އިމިގްރޭޝަނަށް ހާޒިރުވުމުންނެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، މާދަމާ އިން ފެށިގެން ވޯކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާ ހަވާލުވުމަށް "އޭންޓް ކިއު" އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެންވެސް އޮންލައިންކޮށް ނަންބަރު ނަގައި، ކިއުގެ ހިދުމަތް ދެމުން އަންނަ ތަރުތީބު ބަލާލެވޭނެ ކަމަށެވެ.

  • 5 ނުވަތަ އެއަށްވުރެ މަދު ނަމަ: ނަންބަރު ދޫކުރާނީ 9:00 އިން 10:30 އަށް އަދި ނަންބަރަށް ހިދުމަތް ދޭނީ 10:00 އިން 15:00 އަށް
  • 6 ނުވަތަ އެއަށްވުރެ ގިނަ ނަމަ: ނަންބަރު ދޫކުރާނީ 11:30 އިން 12:30 އަށް އަދި
  • ނަންބަރަށް ހިދުމަތް ދޭނީ 13:15 އިން 15:00 އަށް

އިމިގްރޭޝަނުން ބުނީ މި ބަދަލާއެކު ވޯކް ވިސާއަށް ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވުމުން އެ އިދާރާ އިން ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަ އަދި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.