ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އުމްރާގެ އަޅުކަމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންނެވީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.
ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅަކީ މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހެމާންދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅެއް ކަމަށެވެ. އަދި އެ ދަތުރުފުޅު ކުރައްވަނީ ސައޫދީ ސަރުކާރުން ފޮނުއްވި ހާއްސަ މަތިންދާ ބޯޓެއްގައި ކަމަށްވެސް ބުންޏެވެ.
އުމްރާގެ އަޅުކަމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސްގެ ދެކަނބަލުން ވަނީ ކީރިތި ރަސޫލާގެ މިސްކިތްޕުޅަށް ޒިޔާރަތްކުރައްވައި އެ މިސްކިތުގައި ނަމާދުކުރައްވައިފައެވެ. އަދި ވަނީ މަދީނާގައި ތައުލީމު ހާސިލު ކުރަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފައެވެ.
އުމްރާގެ އަޅުކަމަށް ރައީސް ކުރެއްވި އެ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުހައްމަދު ލަތީފާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި ރައީސް އޮފީހުގެ ދެ މިނިސްޓަރުން ކަމަށްވާ އަލީ އާރިފް އަދި އަބްދުﷲ ނާސިރު ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު