ހުޅުމާލޭ ސަހަރާ ކުރިމަތީ މަގުގައި ޕާކުކޮށްފައި އޮތް އުޅަނދެއްގެ ތެރެއިން މަރުވެފައި އޮތް ބިދޭސީ މީހަކު ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ އެ މީހާ ފެނިފައިވަނީ އުޅަނދު ތެރޭގައި ހަބަރު ހުސްވެފައި އޮއްވައި ކަމަށެވެ. އެހެންވެ އެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
"ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު