ހުލުމާލެ ހޮޓަލެއް ތެރޭ ބިދޭސީއަކަށް ހަމަަލާ ދިން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ހުޅުމާލެ ހޮޓަލެއްގައި ދިވެެއްސަކާއި ބިދޭސީ މީހަކާ ދެމެދުގައި އިއްޔެ ހިންގި މާރާމާރީއެއްގެ މައްސަލަ ރޭ 00:26 ގައި ރިޕޯޓުކުރި ކަމަށެވެ. އެ މައްސަލައާ ގުޅިގެން 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.