ރާއްޖޭގައި ކޮންމެ ފަސް އަންހެނުންގެ ތެރެއިން ދެ މީހަކު ސިޒޭރިއަން ހަދަންޖެހޭ ކަމަށް އދ.ގެ އާބާދީ ޖަމިއްޔާ، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ)ގެ ރާއްޖޭގެ ގޮފިން ބުނެފިއެވެ.
ޔޫއެންއެފްޕީއޭ މޯލްޑިވްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، ސިޒޭރިއަން ހަދަން ޖެހެނީ ވިހެއުމުގެ ތެރޭގައި އިތުރު އުނދަގުލެއް ދިމާވާ ކަމުގައިވާނަމައެވެ.
އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ސިޒޭރިއަން ހެދުމަށް ލަފާ ދީފައިވަނީ، 10-15 ޕަސަންޓު މީހުން ސިޒޭރިއަން ހެދުމަށް ކަމަށްވާއިރު، ރާއްޖޭގައި ސިޒޭރިއަން ހަދާ ރޭޓް ހުރީ 40 ޕަސަންޓުގައި ކަމަށްވެސް އެ ޖަމިއްޔާ އިން ބުންޏެވެ.
ސިޒޭރިއަން ސެކްޝަން ނުވަތަ ސީ-ސެކްޝަން އަކީ، މައިމީހާގެ ދަށް ބަނޑުން ބައެއް ކަފާލައިގެން، ބަނޑުގައިވާ ކުއްޖާ ނެގުމެވެ. އާންމު ގޮތެއްގައި މިއީ، ވިހެއުމުގެ ތަދު ކުޑަކޮށްދޭ ކަމެކެވެ.
އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ރާއްޖޭގައި އުޅޭ އަންހެނުންގެ އަދަދަކީ 187،698 އެވެ. އަދި އެވްރެޖުކޮށް ކޮންމެ ކައިވެންޏަކަށް ހޯދަނީ 2-3 ކުދިން ކަމަށް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު