އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އަށް ހޮސްޕިޓަލެއް ގޮއްވާލާނެ ކަމުގެ އިންޒާރު ދީފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ އިންޒާރު ދިނީ އީމެއިލްއެއް މެދުވެރިކޮށެވެ. އެ އިންޒާރުގައި ދިއްލީގެ އަށް ހޮސްޕިޓަލެއްގެ އިތުރުން އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ތިނެއް ގޮއްވާލާނެ ކަމަށްވެސް ބުނެފައިވެއެވެ.
އިންޒާރު ތަކާ ގުޅިގެން ދިއްލީގެ ސަލާމަތީ ފައުޖުތަކުން ވަނީ ހޮސްޕިތަލްތައް ހުސްކޮށް ބަލައިފާސްކޮށްފައެވެ. ނަމަވެސް އެއްވެސް ނުރައްކަލެއް ފާހަގަކުރެވިފައެއް ނުވެއެވެ.
ދިއްލީގެ އަށް ހޮސްޕިޓަލެއް ގޮއްވާލާނެކަމުގެ އިންޒާރު ދީފައިވާއިރު، މި މަހުގެ އެއްވަނަ ދުވަހު ދިއްލީގެ 150 ސްކޫލަކަށް އިންޒާރުގެ މެއިލްއެއް ފޮނުވާފައިވެއެވެ. އެ އިންޒާރުތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ދިއްލީގެ ފުލުހުން ވަނީ އެއީ ފޭކު މެއިލްތަކެއް ކަމަށް ބުނެފައެވެ.
އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން، އިންޒާރުގެ މެއިލްތައް ފޮނުވަނީ ރަޝިޔާއަށް ނިސްބަތްވާ ޑޮމެއިންއަކުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ