މަދީނާގައި ތައުލީމު ހާސިލްކުރަމުން އަންނަ ދިވެހި ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު, މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މަދީނާގައެވެ.
މަދީނާގައި ތައުލީމު ހާސިލްކުރަމުންދާ 24 ދަރިވަރުން ބައިވެރިވި މި ބައްދަލުކުރެއްވުމުގައި އެ ދަރިވަރުން ވަނީ އެ ކުދިން ބޭނުންވާ ކަންކަމާއި އެ ކުދިންގެ ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މިއަދު ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެ ދަރިވަރުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އަދި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން އަރުއްވައިފައި ކަމަށެވެ.
ރައީސް މިހާރު މަދީނާއަށް ކުރައްވާ ދަތުރުފުޅަކީ މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީއަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ މެހެމާންދާރީގައި، އުމްރާގެ އަޅުކަން އަދާކުރެއްވުމަށް އަނބިކަނބަލުންނާއި ހާއްސަ ވަފްދަކާއެކުކުރައްވާ ދަތުރުފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު