ހޫނު ގަދަވުމުގެ ސަބަބުން މިއަހަރު މިހާތަނަށް ތައިލެންޑުން 61 މީހުން މަރުވެއްޖެއެވެ.

ތައިލެންޑުގެ ހެލްތް މިނިސްޓްރީ އިން އިއްޔެ އާންމު ކުރި މައުލޫމާތުތަކުގައި ވަނީ އެގައުމުގެ އެކި ހިސާބުތަކަށް ހޫނު ގަދަވުމުގެ ސަބަބުން މިހާތަނަށް 61 މީހުން މަރުވެފައިވާ ކަމަށާއި އެއީ މިދިޔަ އަހަރުގެ މަރުވި މީހުންގެ ޖުމްލަ އަދަދަށްވުރެ ގިނަ މީހުން ކަމަށެވެ.

މިދިޔަ އަހަރު އެގައުމުގައި ހޫނު ގަދަވެގެން މަރުވެފައިވަނީ 37 މީހުންނެވެ.

ހެލްތް މިނިސްޓްރީގެ މައުލޫމާތުތަކުގައި ވާގޮތުން ތައިލެންޑުގެ އިތުރު ސަރަހައްދުން މަރުވި މީހުންގެ އަދަދު އިތުރެވެ.

ސައިންސުވެރިން ވަނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި އެލްނެނޯ ފަދަ ކަންކަމުގެ ސަބަބުން މިއަހަރަކީ އެހެން އަހަރުތަކާ ހިލާފަށް ހޫނުކަން ގަދަ ވާނެ އަހަރެއް ކަން ފާހަގަކޮށްފައެވެ.