ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދެން ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރިން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، އުމްރާއަށް މީހުންގެ ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުއްދައަށް އެދުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
ޕްރޮޕޯސަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ކަމަށެވެ.
ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭ އުސޫލުގެ ނުވަވަނަ މާއްދާގެ (ރ) ގައި ވަނީ، ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ، އުމްރާއަށް މީހުން ގެންދިއުމަށް ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވާ ކުންފުނިތަކަށް ދެވޭނެ ކަމަށެވެ. އަދި އުމްރާއަށް މީހުން ގެންދިއުމަށް ކޮންމެ އަހަރަކު ދެ ފަހަރު އިއުލާން ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އުސޫލުގައި އިތުރަށް ބުނެފައިވަނީ އުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭ ޕްރޮޕޯސަލް ފޮތް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.
އަމިއްލަ ޖަމާއަތްތަކުގެ ހަވާލުގައި އުމްރާއަށް ދާ ފަރާތްތަކުން އުމްރާއަށް ދާ ޖަމާއަތްތަކަކީ އުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ އޮތް ޖަމާއަތެއްތޯ ކަށަވަރުކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މީގެ ކުރިން އިލްތިމާސްކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު